އެމްޑީއެންވެސް ސަލަފްވެސް އުވާލައިގެން ނުވާނެ: ރައީސް ނަޝީދު

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަދި ސަލަފް ޖަމިއްޔާވެސް އުވާލެވިގެން ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކ...

08 Dec 2019 | 02:12

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަދި ސަލަފް ޖަމިއްޔާވެސް އުވާލެވިގެން ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އާސްކްސްޕީކަރ"ގެ ރޭގެ ސެޝަންގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމްޑީއެން އަދި ސަލަފް އުވާލުމުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ  ދެތަންވެސް އުވާލައިގެން ނުވާނެ ކަމަށެވެ.

"ސަލަފްވެސް އުވާލައިގެން ނުވާނެ އެމްޑީއެން އުވާލައިގެން ނުވާނެ، ޖަމިއްޔާއެއް ހުރެފަ ކުއްވެރިއެއް ނުވާނެ، އެކަމެއް ކުރި މީހަކުގެ މައްޗށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ ކްލަބް ޖަމިއްޔާ ޕާޓީތައް އުވާޅުމުގެ ވިސްނުމަކަށް ދިއުން އެއީ ވިޔާނުދާ ނުރައްކާތެރި ވިސްނުމެއް ކަމަށެވެ. ސަލަފުގެވެސް އެމްޑީއެންގެވެސް ކުށްކޮށްފިއްޔާ ކޮންމެ މީހަކަށްވެސް ހައްގު އަދަބު ދެވެންޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް