ކީރިތި ރަސޫލާ މުހައްމަދު ﷺ ނިސްބަތްކުރައްވައި އެވެސް މުހައްމަދެކޭ މިވެސް މުހައްމަދެކޭ ވިދާޅުނުވާކަމަށާއި އެއީ ރޯ ބުހުތާނު ދޮގު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އާސްކްސްޕީކާ"ގެ ރޭގެ ސެޝަންގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"އެއީ ހަމަ މުޅިން ރޯ ބުހުތާނު ދޮގު" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެބާވަތުގެ ވާހަކައެއް ދުވަހަކުވެސް ނުދައްކަވާކަމަށެވެ. ދައްކަން ހިތަށްވެސް ނާރާ ކަމަށެވެ. އަދި ނުވެސް ދައްކަވާނެ ކަމަށެވެ. ދައްކާ ތަނެއްގައި ނުވެސް ހުންނަވާނެ ކަމަށާއި އެބާވަގުތެ ވާހަކަ ދައްކާ ބަޔަކާ އެކީގައި އުޅެންވެސް ބޭނުން ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް