އިދިކޮޅު ޖަލްސާއަށް ފަތާފައި ދަނިކޮށް މީހަކު ނިޔާވެއްޖެ

ސިޔާސީ އިދިކޮޅު ޕާޓީތަކުން ފ މަގޫދޫގައި މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ދިއުމަށް އެ އަތޮޅު ބިލެއްދޫއިން ފަތާފައި ދަނިކޮށް މީހަކު މަރުވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ނިޔާވެފައިވަ...

08 Dec 2017 | 12:39

ސިޔާސީ އިދިކޮޅު ޕާޓީތަކުން ފ މަގޫދޫގައި މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ދިއުމަށް އެ އަތޮޅު ބިލެއްދޫއިން ފަތާފައި ދަނިކޮށް މީހަކު މަރުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ނިޔާވެފައިވަނީ ބިލެއްދުއާއި މަގޫދުއާއި މެދަކާއި ހަމައަށް ފަތާފައި ދެވުނު ފަހުން ހޮޑުލައި ގައިން ވަރު ދޫވުމުން ލޯންޗެއްގައި ބިލެއްދުއަށް ގެންދިޔަ ފަހުން، ބިލެއްދޫ ސިއްހީ މަރުކަޒަށް ގެންދިޔަވެސް ފަހުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ބިލެއްދޫ، ސާމަރާމަންޒިލް، އިބްރާހިމް ނާހިދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް