އިނގިރޭސިވިލާތުގައި ޔޫޓިއުބް ވީޑިއޯއެއް ކުޅެން އުޅުނު މީހެއްގެ ބޯ، މައިކްރޯވޭވް އަވަނެއްގައި ތާށިވެއްޖެ އެވެ.
މިކަން ހިނގާފައިވަނި އޭނާ ޕްރޭންކް ވީޑިއޯއެއް ކުޅުމަށް އަވަނެއްގެ ތެރެއަށް ބޯ ކޮށްޕާލުމަށްފަހު "ވޯލް ޕުޓީ" އޭނާގެ ބޮލުގެ ވަށައިގެން އެޅުމުންނެވެ. އެ "ޕުޓީ" ހިކުނީ އެމީހުން އުންމީދު ކުރި ވަރަށް ވުރެ މާ އަވަހަށް ކަމަށް ބުނެފައި ވެ އެވެ.
އެކުވެރިންގެ އެހީތެރިކަމާއެކު ބޮލުން އަވަން ނައްޓާލެވޭތޯ ދެ ގަޑިއެއްހާއިރު މަސައްކަތް ކުރުމަށްފަހު އެގޮތަށް އެކަން ކާމިޔާބު ނުވުމުން ފަޔަރ ސާވިސް އަށް ގުޅި ކަމަށާއި ފަޔަރ ސާވިސްގެ ޓީމަށް އޭނާ ސަލާމަތް ކުރެވުނީ އިތުރު އެއް ގަޑިއިރުގެ މަސައްކަތުން ކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް