މިއަދުގެ ހުކުރު ނަމާދަށްފަހު މުސްލިމް ބައެއް ގައުމުތަކުގައި،އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް މުޒާހަރާ ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތަކަށް ބަލާލާއިރު، އެގޮތުން މުޒާހަރާ ކުރި ބައެއް ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ އަދި އަފްގާނިސްތާނު ހިމެނެ އެވެ.
މި ގައުމުތަކުގައި ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތް ބަލައިގަތުން ކުށްވެރިކޮށް އަޑުއުފުލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް