ހުކުރު ނަމާދަށްފަހުއ އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާކުރަން ހުއްޓާ، މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ ހައްޔަރު ކޮށްފި އެވެ.
އެމްޕީ މަހްލޫފްގެ ބައްޕަ، މުހައްމަދު ހައްސާން މިއަދު ހައްޔަރު ކޮށްފައިވާއިރު އިސްލާމީ މަރުކަޒުގައި މީގެ ކުރިން ބަދު ދުއާ ކުރިކަމުގެ ތުހުމަތުގައި އޭނާ އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރު ކޮށްފަ އެވެ.
ފުލުހުން މަހްލޫފްގެ ބައްޕަ ހައްޔަރުކޮށްފައިވާއިރު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބައްޕައަކީ ހިތްވަރުގަދަ މީހެއް ކަމަށާއި އެހާ ފަސޭހައިން ބިރުގަނެ ފަސްޖެހޭނެ މީހެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް