ހާޓް އެޓޭކެއް ޖެހިގެން ގައިދީއަކު ނިޔާވެއްޖެ

އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު، ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ މެއަށް ތަދެއް އަރާތީ ހޮސްޕިޓަލ...

08 Dec 2017 | 09:42

އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު، ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ މެއަށް ތަދެއް އަރާތީ ހޮސްޕިޓަލަށް ގެންދެވުނީ ދަންވަރު 2:19 ހާއިރުގައި ކަމަށެވެ. އަދި ހިންމަފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް އޭނާ ނިޔާވީ 3:30 ހާއިރުގައި ކަމަށް ޑޮކްޓަރާ ހަވާލާދީ ލުގްމާން ވިދާޅުވި އެވެ.

ނިޔާވެފައިވަނީ ސ. ހިތަދޫ ހަވާސާ، އިބްރާހިމް މުސްތާގް، 31، އެވެ.

ކަރެކްޝަނުން މައުލޫމާތުދޭގޮތުގައި މުސްތާގް އަކީ ތިން އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ކަމުގައިވެސް ކަރެކްޝަނުން މައުލޫމާތު ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް