ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އިތުރު ބައެއް ގައުމުތަކުން ވަރަށް އަވަހަށް ބަލައިގަންނާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ އެގައުމުގެ ފޮރިން މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުންނެވެ.
އޭނާ ބުނެފައިވަނީ ތެލް އަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމާފައިވާއިރު އެ އިމާރާތް ގުދުސް އަށް ބަދަލުކުރުމުގެ ކުރިން އިތުރު ބައެއް ގައުމުތަކުން، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގަނެ އެކަން އިއުލާނު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް