މިސްރުގައި އުޅޭއިރު ހުޝިޔާރުވެ ތިބުމަށް އެމެރިކާ އެމްބަސީން އަންގައިފި

މިސްރުގައި ތިބި އެމެރިކާގެ ރައްޔިތުން، ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ހުޝިޔާރުވެ ތިބުމަށް މިސްރުގެ ގާހިރާގައި ހުންނަ އެމެރިކާގެ އެމްބަސީން އަންގައިފި އެވެ. މި މަހުގެ ހަ ވަނަ ދުވަހުވެސް މިފަދަ އެންމެގު...

08 Dec 2017 | 06:36

މިސްރުގައި ތިބި އެމެރިކާގެ ރައްޔިތުން، ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ހުޝިޔާރުވެ ތިބުމަށް މިސްރުގެ ގާހިރާގައި ހުންނަ އެމެރިކާގެ އެމްބަސީން އަންގައިފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހުވެސް މިފަދަ އެންމެގުމެއް އަންގާފައިވާއިރު މިއަދު އެ އެމްބަސީން ނެރެފައިވާ ސެކިއުރިޓީ މެސެޖެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މުޒާހަރާތަކެއް ބޭއްވުމަށް ރާވަމުން އަންނަ ކަމުގެ މައުލޫމާތު އެ އެމްބަސީއަށް ލިބިފައިވާކަމަށެވެ. އަދި އެ މުޒާހަރާތަކަކީ ނުރައްކާތެރި މުޒާހަރާތަކަކަށް ވުންވެސް އެކަށީގެންވާކަމަށެވެ.

"އަމިއްލަ ރައްކާތެރި ކަމަށް އިލްތިމާސް ކުރަން، ހަބަރުތަކަށް ސަމާލުވުމަށް އަދި މުޒާހަރާތައް ކުރެވޭ ސަރަހައްދުތަކަށް ނުދިއުމަށާއި އަބަދުވެސް ސަމާލުވެތިބުމަށް އިލްތިމާސް ކުރަން" އެ އެމްބަސީން ނެރެފައިވާ ސެކިއުރިޓީ މެސެޖްގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން ނުރަސްމީ ވަގުތުތަކުގައި އެމްބަސީ ސަރަހައްދުގައި އެމެރިކާ ރައްޔިތުން ނޫޅުމަށްވެސް އިލްތިމާސް ކޮށްފައި ވެ އެވެ.

މި ސެކިއުރިޓީ މެސެޖް އެމެރިކާގެ އެމްބަސީން ނެރެފައިމިވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާގެ ވެރިރަށް ކަމުގައި ބަލައިގަނެ އެމެރިކާއިން އެކަން އިއުލާނު ކުރުމާއެކު މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް