މީގެ ތިން އަހަރު ކުރިން ޔަހޫދީން ގާޒާއަށް މިސައިލު ހަމަލާއެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
އުމުރުން ހަތަރު އަހަރުގެ މުހައްމަދު ސާލިހް އަބޫ ހައްދާފް ނިޔާވެފައިވަނީ ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާ ދެމުން އަންނަތާ ތިން އަހަރު ފަހުން މި މަހުގެ ފަސް ވަނަ ދުވަހުގެ ވަގުތެއްގައި އެވެ.
ހައްދާފް އަދި އެ ކުއްޖާގެ އާއިލާ ދިރިއުޅެމުންދިޔަ ގެއަށް، އިޒްރޭލުގެ މިސައިލު ހަމަލާ އަމާޒުވީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގަ އެވެ. އެ ހަމަލާ އަމާޒުވެ ސީރިއަސް ޒަހަމްތަކެއް ލިބުނު އިރު ހައްދާފްގެ އުމުރަކީ ހަމަ އެންމެ އެއް އަހަރެވެ.
މި ހަމަލާގައި ހައްދާފްގެ އާއިލާގެ ތިން މެމްބަރަކު ނިޔާވެފައި ވާއިރު އާއިލާގެ އިތުރު ހަ މީހަކަށް އިތުރު ޒަހަމްތަކެއް ލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް