ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމުން ފަލަސްތީނުގެ މަސްރަހު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ގުދުސްގައި އިތުރު 14 ހާސް ހައުސިން ޔުނިޓް އެޅުމަށް ޔަހޫދީ ދައުލަތުގެ ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މި ނިންމުން ނިންމިކަން ޔަހޫދީ ހައުސިން މިނިސްތަރު ޔޯވް ގަލަންތު އިއުލާނުކޮށް އެކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފެށީ އިއްޔެ އެގައުމުގެ ޗެނަލަކަށް ދިން އިންޓަވިއުއެއްގަ އެވެ.
ޔަހޫދީންގެ މި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނިންމުމަށް ފަހު ނިންމި ނިންމުމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޔަހޫދީން ގުދުސް އަށް އަތްގަދަކޮށް ބާރުގަދަ ކުރަމުން އަންނައިރު ދޭތެރެދޭތެރެއިން ހައުސިން ޔުނިޓްތައް އަޅާނެކަން އިއުލާނު ކުރެ އެވެ. އަދި މިހާތަނަށް އެންމެ ގިނަ ހައުސިން ޔުނިޓްތައް އަޅާފައިވަނީވެސް ގުދުސްގައި ކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް