ފަތިސް ވަގުތު ޔަހޫދީ ސިފައިން ގުދުސް އިން 26 މުސްލިމަކު ހައްޔަރު ކޮށްފި

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމުން ފަލަސްތީނުގެ މުސްލިމުން އިންތިފާދާ އަށް ނިކުމެފައިވާއިރު ރޭ ފަތިސް ވަގުތުގައި ޔަހޫދީ ސިފައިން ގުދުސް އިން ފަލަ...

08 Dec 2017 | 05:35

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމުން ފަލަސްތީނުގެ މުސްލިމުން އިންތިފާދާ އަށް ނިކުމެފައިވާއިރު ރޭ ފަތިސް ވަގުތުގައި ޔަހޫދީ ސިފައިން ގުދުސް އިން ފަލަސްތީނުގެ 26 މުސްލިމަކު ހައްޔަރުކޮށްފައިވާކަމުގައި ފަލަސްތީނުގެ މީޑިއާއިން ހާމަކޮށްފި އެވެ.

ފަލަސްތީނުގެ ޓީވީ ޗެނަލެއް ކަމުގައިވާ ވަތަން ޓީވީން ބުނެފައިވާގޮތުގައި އެއް ވަގުތެއްގައި 16 މީހަކު ހައްޔަރު ކޮށްފައިވާއިރު އެހެން ވަގުތެއްގައި 10 ޒުވާނަކު ހައްޔަރު ކޮށްފައި ވެ އެވެ.

މި އެންމެންވެސް ހައްޔަރު ކޮށްފައިވަނީ ފަތިސް ވަގުތުގައި ކަމަށާއި އަދި މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ގުދުސްގެ އެކި އަވަށްތަކުން ކަމުގައި ވަތަން ޓީވީއިން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް