ފަލަސްތީނުގެ މުޒާހަރާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމާއެކު ފަލަސްތީނުގެ ރައްޔިތުން ގުދުސްގެ ދިފާއުގައި މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން އަންނައިރު އިޒްރޭލުގެ ޔަހޫދީ ސިފައިންނާއި ދެމެދު ...

07 Dec 2017 | 22:21

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމާއެކު ފަލަސްތީނުގެ ރައްޔިތުން ގުދުސްގެ ދިފާއުގައި މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން އަންނައިރު އިޒްރޭލުގެ ޔަހޫދީ ސިފައިންނާއި ދެމެދު މިހާތަނަށް ހިނގާފައިވާ ކުރިމަތިލުންތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ފަލަސްތީނުގެ ވަތަން ޓީވީން ހާމަކޮށްފައިވާގޮތުގައި މިހާތަނަށް 108 މީހަކު ޒަހަމްވެފައިވާކަމުގެ ރިޕޯޓް އެ ޓީވީއަށް ލިބިފައި ވެ އެވެ. އެއީ ހުޅަނގުބިތާއި ގުދުސް ސަރަހައްދާއި އަދި އިތުރު ބައެއް ސަރަހައްދުތަކުން ކަމުގައި އެ ޓީވީން ބުނެފައި ވެ އެވެ.

އެ ޓީވީން ބުނެފައިވާގޮތުގައި ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާނަމަ ޒަހަމްވެފައިވަނީ 30 ވަރަށް މީހުންނެވެ. އެއީ ހުސް ކުޑަކުދިން ކަމަށް ބުނެފައި ވެ އެވެ. ނަމަވެސް ފަލަސްތީނުގެ ރެޑްކްރޮސެންޓުން ހުޅަނގުބިތާއި ގުދުސް ސަރަހައްދުން އެކަނިވެސް 108 މީހަކަށް ފަރުވާ ދީފައިވާކަމުގައި ވަތަން ޓީވީން ރިޕޯޓް ކޮށްފައި ވެ އެވެ.

ވަތަން ޓީވީން ރިޕޯޓް ކޮށްފައިވާގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި އެކެއްގެ ހާލު ސީރިއަސް އެވެ. އަދި އިޒްރޭލު ސިފައިން އަތު ބޮމާއި ބަޑިން ބައެއް ސަރަހައްދުތަކުގައި ހަމަލާ ދީފައިވާކަމުގައިވެސް ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް