ފަލަސްތީނުން އިޒްރޭލަށް ތިން ރޮކެޓް ހަމަލާއެއް ދީފައިވާކަމަށްބުނެ އޭގެ ރައްދުގައި އިޒްރޭލުން ފަލަސްތީނަށް ދެ ހަމަލާއެއް ދީފި އެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި އިޒްރޭލުން ފަލަސްތީނަށް ދީފައިވަނީ ވައިގެ ހަމަލާއަކީ ޓޭންކް އެއް މެދުވެރިކޮށް ދީފައިވާ ހަމަލާއެކެވެ. މި ދެ ހަމަލާ އަމާޒުކޮށްފައިވަނީ ހަނގުރާމަވެރިންގެ ދެ ޕޯސްޓަކަށް ކަމުގައި އިޒްރޭލުން ވަނީ ބުނެފަ އެވެ.
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމާއެކު ފަލަސްތީނު މަސްރަހު އިންތިހާއަށް ގޯސް ފަލަސްތީނުގެ ރައްޔިތުން އިންތިފާދާއަށް ނިކުމެފައިވާއިރު ފަލަސްތީނުގެ މަގުތަކުގައި އެގައުމުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އިޒްރޭލުގެ ޔަހޫދީ ސިފައިންނާއި އެކި ގޮތްގޮތުން ކުރިމަތިލަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލު ފަޅިއަށް ތިން ރޮކެޓެއް މިހާތަނަށް އަމާޒުވެފައި ވެ އެވެ. އެއީ އިރާކޮޅު ފޮނުވާލި ދެ ރޮކެޓަކާއި އޭގެ ފަހުން ފޮނުވާލި ރޮކެޓެކެވެ. އޭގެން ހަމަލާއެއްގައި ޔަހޫދީއަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ޔަހޫދީން ބުނެ އެވެ.
އެ ހަމަލާތަކުގެ ޒިންމާ އަލް ތައުހީދު ބްރިގޭޑްސް ނަމަކަށްކިޔާ ގްރޫޕަކުން އުފުލާފައިވާއިރު އިޒްރޭލުން ބުނެފައިވާގޮތުގައި އިޒްރޭލުގެ ދެ ހަމަލާ އަމާޒުކޮށްފައިވަނީ އެ ގްރޫޕްގެ ދެ ޕޯސްޓަކަށެވެ.
އިޒްރޭލުގެ މި ދެ ހަމަލާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ގާޒާއިން ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް