މީސް މީޑިއާގެ ޒަރިއްޔާއިން ކުދި ވިޔަފާރިތައް ކުރި އަރުވާނީ ކިހިނެއް !؟

ރާއްޖެއަކީ މިއަދު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަޢާރަފްވަމުން އަންނަ ގައުމެކެވެ. ނަމަވެސް މިފަދަ ވިޔަފާރިތައް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެވިޔަފާރިއެއް އެންމެ އެކަށީގެންވާ ގޮތެއްގައ...

07 Dec 2017 | 21:00

ރާއްޖެއަކީ މިއަދު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަޢާރަފްވަމުން އަންނަ ގައުމެކެވެ. ނަމަވެސް މިފަދަ ވިޔަފާރިތައް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެވިޔަފާރިއެއް އެންމެ އެކަށީގެންވާ ގޮތެއްގައި މާކެޓް ނުކުރެވޭ މައްސަލައެވެ.

އެހެން ނަމަވެސް މިއަދު މިކަމަށް ލިބިފައިވާ އެއް ހައްލަކީ މީސް މީޑިޔާ (ސޯޝަލް މީޑީޔާ) އެވެ. އެގޮތުން މީސް މީޑިޔާއަކީ މިއަދު ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރި އަރަމުން އަންނަ ގައުމުތަކުގައިވެސް އެންމެ ފުޅާދާއިރާއެއްގައި މީހުންނާއި މުޢާމަލާތް ކުރުމަށް ބޭނުންކުރަމުންދާ އެއް ވަސީލަތެވެ.

މީސް މީޑިއާ މެދުވެރިކޮށް ކުދި ވިޔަފާރިތައް ފުޅާކޮށްފައިވާ ވަރަށް ގިނަ ތަންތަން ހުރި އިރު އޮސްޓްރޭރިލާގެ ޓެކް ސެވީ ކެފޭތަކަކީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުން ބަލައިގަތް ކުދި ވިޔަފާރިއެއް ނަމަވެސް މިއަދު އިންސްޓަގްރާމްގައި އެކަނިވެސް މަހެއްގެ މައްޗަށް 5 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާއި އެކު ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ ވިޔަފާރި އެކެވެ. އަދި މިފަދަ އިތުރު މީސް މީޑިޔާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްމަރުން އިތުރު ކުރުމަކީ ޓެކް ސެވީގެ އެންމެ ބޮޑު އެއް އަމާޒެވެ.

މިއަދު ގިނަ ކަސްޓަމަރުން ކެފޭ ނުވަތަ އެހެނިހެން އައު ވިޔަފާރިތައް ހޯދުމަށް އެންމެ ފުރަތަމަވެސް ބަލާލަނީ މީސް މީޑިއާއެވެ. އެހެންކަމުން ކުދި ވިޔަފާރިވެރިން އެފަރާތްތަކުގެ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް މިހާރު އެންމެ ފުރަތަމަ ބޭނުން ކުރާ ވަސީލަތަކީވެސް މީސް މީޑިއާ ކަމުގައި ވަނީ ވެފައެވެ.

ފާއިތުވި އަހަރުގައިވެސް މީސް މީޑިއާ މެދުވެރިކޮށް ކުރިއަރާފައިވާ ވިޔަފާރިތަކުން ލިބިފައިވާ ރަނގަޅު ނަތީޖާއަކީ މިފަދަ ވިޔަފާރިތައް ކުރިއަރައިގެންދާ އެންމެ ބޮޑު އެއް ސަބަބުއެވެ. އެގޮތުން ވިޔަފާރިތައް ކުރި އެރުވުމަށްޓަކައި މީސް މީޑިއާއަށް ޝެއަރކުރާ ފޮޓޯއަކީ މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ފޮޓޯއެއް ކަމަށްވެއްޖެ ނަމަ އެފަދަ ވިޔަފާރިތައް ކުރިއަރައިގެންދާ މިންވަރު އަވަސްވެގެންދެއެވެ. އެއީ އެ ފޮޓޯއަށް ކަސްޓަމަރުން ޝައުޤުވެރިވެ، އެތަނަކަށް ގޮސް ނުވަތަ އެ ޕްރޮޑަކްޓެއްގެ ފޮޓޯ އަނެއްކާވެސް މީސް މީޑއާ މެދުވެރިކޮށް ގިނަ މީހުންނަށް ފެންނަހެން ޕޯސްޓުކުރުމުން ލިބޭ ކޮމެންޓްތަކާއި، އެ ފޮޓޯ އިތުރު މީހުން ޝޭއަރ ކުރުމަކީ އިތުރު ކަސްޓަމަރުން ފަސޭހައިން ލިބިގެންދާނެ ކަމެކެވެ.

ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް ކަސްޓަމަރުން ޕޯސްޓް ކުރާ ފޮޓޯތަކަށް އެވިޔަފާރިއެއް ކުރާ ފަރާތަކުން ކޮމެންޓް ކުރުމަކީވެސް ކަސްޓަމަރުންނާއި އޮންނަ ގުޅުން ރަނގަޅުވެ، ކަސްޓަމަރުންގެ އިތުބާރު އެތަނަކަށް ލިބި، އައު ކަސްޓަމަރުން އިތުރުވާނެ ކަމެކެވެ. އަދި އެފަދަ ވިޔަފާރިއަށް ކަސްޓަމަރުންގެ ލޯބި އިތުރަށް ލިބިގެންގޮސް އެވިޔަފާރިއެއްގެ ނަން މަޤްބޫލުވެގެންދެއެވެ.

މީސް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ ނަން މަޝްހޫރު ގިނަ ކުންފުނިތަކުން މިއަދު އެކުންފުނިތަކުގެ ކަސްޓަމަރުން ދަމަހައްޓަމުން ދަނީ މަހެއްގެ މައްޗަށް އެންމެ 4 ޑޮލަރު ހޭދަކޮށްގެންނެއެވެ.

މިގޮތަށް މާކެޓް ކުރުމުން އެވިޔަފާރިތައް ލިބޭ ނަފާ އިތުރުވުމަކީ ކުންފުނި އިތުރަށް ކުރިއަރައިގެންދާނެ ކަމެކެވެ. މިއަދު ކަސްޓަމަރުން ބަލައިގަންނަނީ ކަސްޓަމަރުންނާއި ގުޅިގެން ހިދުމަތްދޭ ވިޔަފާރިތަކަށެވެ. އެގޮތުން ބަލާއިރު މީސް މީޑިއާގެ ޕްލެޓްފޯމަކީ މިއަދު ރާއްޖޭގައިވެސް ކުރިއަރަމުން އަންނަ އަދި ކުދި ވިފަޔާރިތައް ފުޅާކުރުމަށް އޮތް އެންމެ ރަނގަޅު އެއް ވަސީލަތެވެ. އަދި ރާއްޖެއަކީ އޭޝިޔާ ސަރަހައްދުގައި މީސް މީޑިޔާ އެންމެ ފުޅާ ދާއިރާގައި ބޭނުންކުރަމުންދާ ގައުމުވެސްމެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް