ރާއްޖޭގައި 47 ސީ ޕްލޭން އެބައޮތް، އަހަރުމެން އަތު އެންމެ ސީ ޕްލޭނެއްވެސް ނެތް: އިންޑިއާގެ ޔޫނިއަން މިނިސްޓަރު

ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި  ފަތުރުވެރިކަމުގެ ސިނާއަތުގައި 47 ސީ ޕްލޭން އޮތް އިރު އިންޑިއާގައި އެންމެ ސީ ޕްލޭނެއްވެސް ނެތް ކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރު ނިތިން ގަދްކާރީ ވިދާޅުވެއްޖެ އެވެ...

08 Dec 2015 | 14:29

ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި  ފަތުރުވެރިކަމުގެ ސިނާއަތުގައި 47 ސީ ޕްލޭން އޮތް އިރު އިންޑިއާގައި އެންމެ ސީ ޕްލޭނެއްވެސް ނެތް ކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރު ނިތިން ގަދްކާރީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ގަދްކާރީ މިހެން ވިދާޅުވީ އެގައުމުގެ ގްލޯބަލް އާރުއެންޑީ ސަމިޓްގައި އިންޑިއާގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެގައުމުގައި ސީ ޕްލޭން ތައާރަފް ކުރުމަށް އެމެރިކާގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލަމުން ދެއްކެވި ވާހަކަފުޅު ގަ އެވެ.

ކަދުކާރީ ވިދާޅުވީ އިންޑިއާގެ ފަތުރުވެރިކަމުގެ ސިނާއަތު އާ އުސްމިން ތަކަކަށް ގެންދިއުމަށް ސީ ޕްލޭން އަކީ ވަރަށް މުހިއްމު ރޯލެއް ކުޅޭނެ އެއްޗެއް ކަމަށާއި އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ލިބުނުހާ އަވަހަކަށް ސީ ޕްލޭންގެ ހިދުމަތް ފަށާނެ ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ ސީ ޕްލޭންގެ ހިދުމަތް ފަތުރުވެރިކަމުގައި ތައާރަފް ކުރަން، ކުޑަ ކުޑަ ރާއްޖޭގައި 47 ސީ ޕްލޭން އޮތް އިރު އަހަރެމެން މިއޮށް ބޮޑު ގައުމުގައި އެންމެ ސީ ޕްލޭނެއްވެސް ނެތް، އިންޑިއާގައި މި އިންޑަސްޓްރީ ފަށައިދިނުމަށް އެމެރިކާއިން އިންޑަސްޓްރިއަލްސް ގެ ކިބައިން އެދެން" ގަދްކާރީ ވިދާޅުވި އެވެ.

އެ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ގަދުކާރ އިތުރަށް ވިދާޅުވީ އެ ގައުމުގައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް 1300 ރަށެއް ތައްޔާރުކޮށް 218 ލައިޓްހައިސް ހެދުމަކީ ސަރުކާރުގެ އެއް ލަނޑުދަނޑި ކަމަށާއި އެކަންކަން ކުރެވިގެން ދާނީ ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް