ކަޅުއޮއްފުންމި ކުޅުދުއްފުއްޓަށް ގެންގޮސްފި

މިނިވަން 50 އަށް ތައްޔާރުކުރި ކަޅުއޮށްފުންމި އިއްޔެ ކުޅުދުއްފުއްޓަށް ގެނެސްފި އެވެ. ދިގު މިނުގައި 51 ފޫޓު 6 އިންޗި ހުންނަ މި ބައްތެލި މި ވަގުތު ބާއްވާފައި ވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ކަމަ...

08 Dec 2015 | 09:00

މިނިވަން 50 އަށް ތައްޔާރުކުރި ކަޅުއޮށްފުންމި އިއްޔެ ކުޅުދުއްފުއްޓަށް ގެނެސްފި އެވެ.

ދިގު މިނުގައި 51 ފޫޓު 6 އިންޗި ހުންނަ މި ބައްތެލި މި ވަގުތު ބާއްވާފައި ވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ކަމަށް ކުޅުދުއްފުށީ ނޫހެއް ކަމުގައިވާ ކުޅުދުއްފުށި އޮންލައިނުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކަޅުއޮއްފުންމި ކުޅުދުއްފުއްޓަށް ގެންދިޔައީ ރިޔަލުގައި ދުއްވުމުގެ ޓެސްޓްތަކެއް ހެދުމަށާއި މި ދަތުރުގައި ބައިވެރިވާ ފަޅުވެރިންނަށް ޓްރެއިނިން ތަކެއް ދިނުމަށެވެ.

ކަޅުއޮއްފުންމި ބަނދެ ނިންމުމަށްފަހު ބާލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ހޯމް މިނިސްޓްރީން ބުނެފައިވަނީ "ކަޅުއޮށްފުންމި" ބޭލުމަށް ފަހު ގައުމީދުވަހުގެ ރަސްމިއްޔާތަށް ހއ އުތީމަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް