ކުޑަކުއްޖަކާއެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފުވައްމުލަކުން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ހައްޔަރުކުރި އެ ރަށު ކައުންސިލަރުގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.
މި މައްސަލައިގާ ފުލުހުން ހައްޔަރުކުރީ ފުވައްމުލަކު ދޫނޑިގަން އަވަށުގެ ކައުންސިލަރު އަލީ ޝަޒީމް މުހައްމަދު އެވެ.
ދުވަހަށް މައުލޫމަތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތަށް 15 ދުވަސް ޖެހުމަށްފަހު އެ ބަންދުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ކުރަން ފުވައްމުލަކު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލީ ކަމަށެވެ. އަދި މިހާރު ޕީޖީ މެދުވެރިކޮށް ފުލުހުން އެ މައްސަލަ އިސްތިއުނާފް ކޮށްފައި ވާކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.
ފުލުހުންގެ ކުރިން ބުނެފައިވަނީ ކުޑަކުއްޖަކާއި އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު މެންދުރު ފަހު ފުވައްމުލަކުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް