ރާއްޖޭގެ ތަރައްގީގައި މިހާރަށްވުރެ ބޮޑަށް ހިއްސާވާން ބޭނުން: އިންޑިއާ

އިންޑިޔާއިން ރާއްޖޭގެ ތަރައްޤީގައި މިހާރަށް ވުރެއް ބޮޑަށް ހިއްސާވާން ބޭނުންފުޅުކަމުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭ މިއަދު ވިދާޅުވެއްޖެއެވެ. އެމަނި...

08 Dec 2015 | 07:59

އިންޑިޔާއިން ރާއްޖޭގެ ތަރައްޤީގައި މިހާރަށް ވުރެއް ބޮޑަށް ހިއްސާވާން ބޭނުންފުޅުކަމުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭ މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނުފަހުން 50 އަހަރުފުރޭ އަހަރުކަން ފާހަގަ ކުރެއްވި ކަމަށާއި އަދި، ބައިނަލްއަޤްވާމީ މައިދާނުގައި އިންޑިޔާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވި ކަމަށެވެ. އަދި މީގެ އިތުރުން، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވީ މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ފާޠިމަތު އިނާޔާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް