ފެންބޮޑުވެ ގެއްލުންވި ފަރާތްތަކަށް އެހީ ހަވާލުކުރީ އެމްއެންޑީސީ އާއި ފިނޭންސްގެ މުވައްޒަފުން: އެންޑީއެމްސީ

އައްޑޫގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑު ވުމުން ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން ހަމަޖެއްސެވި އެހީތެރިކަން ފޯރުކޮށްދީ ނިމިފައި ވާކަމަށާއި އެކަން ކޮށްފައިވަނީ ނޭޝަނަލް ޑިސާސްޓާ މެނޭޖްމ...

08 Dec 2015 | 07:48

އައްޑޫގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑު ވުމުން ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން ހަމަޖެއްސެވި އެހީތެރިކަން ފޯރުކޮށްދީ ނިމިފައި ވާކަމަށާއި އެކަން ކޮށްފައިވަނީ ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރު(އެންޑީއެމްސީ)އާއި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ކަމަށް ޑީއެންއެމްސީން ބުނެފި އެވެ.

ޑީއެންއެމްސީން މިހެން ބުނެފައިވަނީ އެ ސެންޓަރުން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ނޮވެމްބަރު 24 އިން 25 އަށް އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ އަތޅު ފޭދޫ އަދި މަރަދޫއަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާފއި ގެއްލުންވި ފަރާތްތަކަށް ސަރުޚާރުން ހަމަޖެއްސެވި އެހީތެރިކަން މިހާރު ވަނީ ފޯރުކޮށްދީ ނިމިފައި ކަމަށެވެ.

" މި މަސައްކަތްކުރިއަށް ގެންގޮސްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މުވައްޒަފުންނެވެ" ޑީއެންއެމްސީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ގެތައް ކަނޑައެޅިފައިވަނީ މި ހާދިސާއަށް އިޖާބަދިނުމަށް ސަރުކާރުން ހަމަޖެއްސެވި ސްޓިއަރިން ކޮމިޓީން އެކުލަވާލި އެސެސްމަންޓް ޓީމުތަކުން ފެންބޮޑުވި ގެތަކަށް ޒިއާރަތްކޮށް ހަދާފައިވާ އެސެސްމަންޓްގެ މައްޗަށް ބިނާ ކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް