ވައްކަރަށް ދިޔަ އެމްވީ ބޮންތި ބަލާ ފާސްކޮށް ދެ ކިލޯގެ މަސްތުވާތަކެތި ހޯދައި ދެމީހަކު ހައްޔަރުކޮށްފި

ބ. ވައްކަރަށް ހިލައާއި ހިލަވެލި ހިފައިގެންދިޔަ، އެމްވީ ބޮންތީގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެބޯޓު ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތ...

08 Dec 2015 | 07:07

ބ. ވައްކަރަށް ހިލައާއި ހިލަވެލި ހިފައިގެންދިޔަ، އެމްވީ ބޮންތީގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެބޯޓު ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ޑިޕާޓްމަންޓުގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން މި އޮޕަރޭޝަން ފަށާފައިވަނީ 2015 ޑިސެމްބަރު ހަތް ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މި އޮޕަރޭޝަންގައި، އެމްވީ ބޮންތި ބަލައި ފާސްކޮށް ގާތްގަނޑަކަށް ދެ ކިލޯއެއްހާ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި ވެ އެވ. މިތަކެތި އަތުލައިގަތުމަށްފަހު މިމައްސަލައިގެ ތުހުމަތުގައި 47 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް