ޕޮލިސް ފެމިލީ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ޚީތާނީ ކޭމްޕަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ޒިޔާރަތް ކުރައްވައި ޚިތާނު ކޮށްފައިތިބި ކުދިންގެ ޙާލު އަހުވާލު ބައްލަވާލައްވައި އެކުދިންނަށް ހިއްވަރު ދެއްވައިފިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ކުރިޔަށްދާ މި ޚިތާނީ ކޭމްޕަށް ކޮމިޝަނަރ އޮފް ޕޮލިސް ކުރެވި މިޒިޔާރަތު ކުދިންގެ ޙާލު ބައްލަވާލެއްވުމުގެ އިތުރުން އެކުދިންގެ ޢާއިލާތަކާ ބައްދަލުކުރައްވައި ޙާލުއަހުވާލު އޮޅުން ފިލުވައި ހެއްދެވިއެވެ.އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދެއްވިއެވެ.
ޕޮލިސް ފެމިލީ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ސްކޫލު ބަންދާ ދިމާކޮށް ކުރިޔަށް ގެންދާ ޚިތާނީ ކޭމްޕަކީ ފުލުހުންނާ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއިލާތަކުގައި ތިބޭ ޚިތާނުކުރާ ޢުމުރުގެ ކުދިން ޚިތާނު ކުރުން ލުއިފަސޭހަ ނިޒާމެއްގެ މަތިން ހަމަޖައްސައިދިނުމަށް ހިންގާ ކޭމްޕެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
"ކުޑަ ހޭދައެއް ކޮށްގެން ފުލުހުންގެ ޢާއިލާތަކަށް ޚިތާނު ކުރުމުގެ ފުރުޞަތު ހޯދައިދީ ފުލުހުންނާ މުވައްޒަފުންގެ ޢާއިލާތަކުގެ މެދުގައި އޮންނަ އެކުވެރިކަމާ ގާތްގުޅުން އިތުރަށް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ޚިތާނީ ކޭމްޕުގައި މިއަހަރު 20 ކުއްޖަކަށް ބައިވެރިވުމުގެ ފުރުޞަތު ޕީއެފްއޭއިން ވަނީ ދީފައި" ފުލުހުން ހާމަކުރެ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޣިޔާޘުއްދީން ސްކޫލަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ޗެއަރޕާސަން އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ސުޒީ އާއި ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުން ކަމަށާއި ކޮމިޝަނަރ އޮފް ޕޮލިސްގެ މި ޒިޔާރަތާ ގުޅިގެން ޕޮލިސް ފެމިލީ އެސޯސިއޭޝަނުން އިންތިޒާމުކުރި ސައިފޮދަކަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވަނީ އިންސާފު ކޮށްދެއްވާފައި ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް