އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫގައިނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި  މީހުންނަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށެވެ....

08 Dec 2014 | 16:16

އައްޑޫގައިނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި  މީހުންނަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި ސާފުވާގޮތެއް ނުވެ އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 08:05 ހާއިރު އައްޑޫ ސިޓީ، ހިތަދޫ ލިންކް ރޯޑް ޕަވަރ ޕާކް ކުރިމަތީ ދެ ސައިކަލުޖެހިގެންނެވެ.

ފުލުހުންދަނީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް