ސްޕެނިޝް ލަލީގާ: މެސީގެ ހެޓްރިކާއެކު ބަރސާއަށް ފަސޭހަ މޮޅެއް

ސްޕެނިޝްލަލީގާގައި ރޭ ލިއޯ މެސީގެ ހެޓްރިކާއެކު ބަރސެލޯނާއިން ފަސޭހަ ކަމާއެކު މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްގެ މައްޗަށް ބަރސާއިން ކުރިހޯދާފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެނ...

08 Dec 2014 | 07:17

ސްޕެނިޝްލަލީގާގައި ރޭ ލިއޯ މެސީގެ ހެޓްރިކާއެކު ބަރސެލޯނާއިން ފަސޭހަ ކަމާއެކު މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްގެ މައްޗަށް ބަރސާއިން ކުރިހޯދާފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން މާގިނައިރެއްނުވެ  ގާސިިޔާ ޑިލާ ފުއޭންޓޭގެ ގޯލާއެކު އެސްޕަނިޔޯލްއިންވަނީ ކޭމްޕްނައު ސިއްސުވާލާފައެވެ. ނަމަވެސް ބަރސާއިންވަނީ ހާފް ނިމުމުގެ ކުރިން 45 ވަނަ މިނެޓުގައި މެސީގެ ގޯލާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ.

ބަރސާއިން ދެވަހާފްގައި ކުޅެންނިކުމެ ގިނަ ހަމަލާތަކަކާއެކު އެސްޕަނިޔޯލްއަށް ބަރސާގެ ވަރުގަދަކަން ދައްކުވާލިއެވެ. އެގޮތުން މެސީގެ ދެވަނަ ގޯލާއެކު މާގިނައިރެއްނުވެ ޖެރާޑް ޕިކޭ ބަރސާއަށް ނަތީޖާ ފުޅާކޮށްދިނެވެ. މެޗުގެ 71 ވަނަ މިނެޓުގައި ޕެޑްރޯ ރޮޑްރިގޭޒްގެ ގޯލުން ބަރސާ ލީޑު އިތުރަށް ފުޅާކުރިއެވެ. މެސީ 81 ވަނަ މިނެޓުގައި ހެޓްރިކް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްލިއެވެ.

މެޗުން މޮޅުވުމާއެކު ބަރސާވަނީ ސްޕެނިޝްލަލީގާގެ ތާވަލުގެ 2 ވަނައަށް ޖެހިލާފައެވެ. އެގޮތުން 1 ވަނައިގައިވާ ރިއާލް މެޑްރިޑާއި ދެމެދު 2 ޕޮއިންޓްގެ ފަރަގަކަށް ކުޑަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް