މޭޖަރލީގު ސޮކާ: އިތުރުވަގުތުގައި ކީން ކާމިޔާބުކޮށްދިން ގޯލާއެކު ޖެހިޖެހިގެން 5 ވަނަ ފަހަރަށް އެލްއޭ ގެލެކްސީ ތަށި އުފުލާލައިފި

އެމެރިކާގެ މޭޖަރލީގު ސޮކާގެ ރޭ ކުޅެވުނު ފައިނަލް މެޗުގެ އިތުރު ވަގުތުގައި ރޮބީ ކީން ކާމިޔާބުކޮށްދިން ގޯލާއެކު ޖެހިޖެހިގެން 5 ވަނަ ފަހަރަށް އެލްއޭ ގެލެކްސީން ތަށި އުފުލާލައިފިއެވެ. އެލްއޭ ގެލެކްސީން ނި...

08 Dec 2014 | 06:06

އެމެރިކާގެ މޭޖަރލީގު ސޮކާގެ ރޭ ކުޅެވުނު ފައިނަލް މެޗުގެ އިތުރު ވަގުތުގައި ރޮބީ ކީން ކާމިޔާބުކޮށްދިން ގޯލާއެކު ޖެހިޖެހިގެން 5 ވަނަ ފަހަރަށް އެލްއޭ ގެލެކްސީން ތަށި އުފުލާލައިފިއެވެ.

އެލްއޭ ގެލެކްސީން ނިއު އިންގްލެންޑް ރިވޮލިއުޝަންގެ މައްޗަށް ފައިނަލްގައި ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންވެސް ގޯލެއްޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަވެފައި އޮތުމުގެ ސަބަބުން މެޗު ދިޔައީ އިތުރުވަގުތުގެ ކުޅުމަށެވެ. މެޗުން ގެލެކްސީ މޮޅުވި ގޯލް މެޗުގެ 111 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކުރީގެ ޓޮޓެންހަމް ފޯވަރޑް ރޮބީ ކީންއެވެ.

ރޮބީ ކީންވަނީ މިސީޒަނުގައި 33 މެޗުން 20 ގޯލް ގެލެކްސީއަށް ކާމިޔާބުކޮށްދީފައެވެ. މެޗަށްފަހު އެމެރިކާގެ ފުޓުބޯޅަ ތަރި ލަންޑޮން ޑޮނަވަންވަނީ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. ޑޮނަވަންގެ ކާމިޔާބ ފުޓުބޯޅަ ކެރިއަރއަށް ބަލާއިރު، ޑޮނަވަންއަކީ 144 ގޯލާއެކު މޭޖަރލީގު ސޮކާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. ޑޮނަވަންވަނީ އެމެރިކާގެ ގައުމީޓީމަށް 3 ވަރލްޑް ކަޕް ކުޅެދީފައެވެ. އަދި ގައުމީޓީމަށް 157 މެޗުން 57 ގޯލް ކާމިޔާބުކޮށްދީފައެވެ.

މޭޖަރލީގު ސޮކާއިން ފާއިތުވި އަހަރުތަކުގައި މޮޅެތި ކުޅުންެތެރިންތަކެއް ފެނިގެން ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް