މާރިއޯ ގޮޓްޒާ ވަރލްޑްކަޕް ފައިނަލްގައި ގޯލްޖެހި ބޫޓު ނީލަމުގައި ވިއްކާލައިފި

2014 ވަނަ އަހަރުގެ ވަރލްޑްކަޕު ފައިނަލް މެޗުގައި އަރޖެންޓީނާގެ މައްޗަށް ޖަރުމަނުން ކުރިހޯދާފައިވާއިރު، މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިން މާރިއޯ ގޮޓްޒާ އޭނާގެ ގޯލްޖެހި ބޫޓް ނީލަމުގައި ވިއްކާލުމަށ...

08 Dec 2014 | 05:02

2014 ވަނަ އަހަރުގެ ވަރލްޑްކަޕު ފައިނަލް މެޗުގައި އަރޖެންޓީނާގެ މައްޗަށް ޖަރުމަނުން ކުރިހޯދާފައިވާއިރު، މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިން މާރިއޯ ގޮޓްޒާ އޭނާގެ ގޯލްޖެހި ބޫޓް ނީލަމުގައި ވިއްކާލުމަށްފަހު ލިބުނު ފައިސާ އެހީގެ ގޮތުގައި ހަދިޔާކޮށްފިއެވެ.

މާރިއޯ ގޮޓްޒާ އޭނާގެ ބޫޓު ވިއްކާލާފައިވަނީ ބިޑު އުސޫލުންނެވެ. އޭނާގެ ބޫޓުގެ އަގުވަނީ 2 މިލިއަން ޕައުންޑަށް އަރާފައެވެ.

ގޮޓްސާ ބޫޓަށް ލިބުނު ފައިސާ ހަދިޔާކޮށްފައިވަނީ " އަ ހަރޓް ފޯ ޗިލްޑްރެންސް ޗެރިޓީ" ގެ ފަންޑަށެވެ.

މިކަމާއި ގުޅިގެން ގޮޓްޒާ ބުނެފައިވަނީ މިފަދަ ބޮޑު އަގަކަށް ބޫޓު ވިކިދާނެކަމަށް އުންމީދު ނުކުރާކަމަށެވެ. އަދި ރަނގަޅު ކަމަކަށް ބޫޓަށް ލިބުނު ފައިސާ ހަދިޔާ ކުރެވުމުން އެކަމާ ވަރަށް ބޮޑަށް އުފާވާކަމަށްވެސް ގޮޓްޒާ ބުންޏެވެ.

2014 ވަނަ އަހަރުގެ ފީފާ ވަރލްޑް ކަޕުގައި ގޮޓްޒާ އަރޖެންޓީނާ ކޮޅަށް ގޯލް ޖަހާފައިިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް