އަދާލަތު ޕާޓީގެ އިސްވެރިން -- ފޮޓޯ: އަދާލަރު ޕާޓީ
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދާލަތު ޕާޓީ 25،000 ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފިއެވެ.
އެ ޕާޓީ ޖޫރިމަނާ ކުރީ ސިޔާސީ ޕާޓީގެ ޤާނޫނުގައި ލާޒިމުކުރާ ގޮތަށް މާލީ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުރުމުން،
އީސީގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުން، މިދިޔަ މަހުގެ ހައެއްގައި އަދާލަތު ޕާޓީން ހުށަހެޅި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާއާ އެއްގޮތަށް ޕާޓީގެ ހުރިހާ ޚަރަދުތަކުގެ ތަފްސީލު ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަން ފާހަގަކޮށްފައެވެ. އޭގެ އިތުރުން 2024 ވަނަ އަހަރު އެ ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގާ ގުޅޭ ލިޔެކިޔުން ހުށަހަޅާފައި ނެތުމުން، އެ ޢަދަދުތައް ކަށަވަރު ނުކުރެވޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ދަފުތަރުގައި 6،000 އަށް ވުރެ ގިނަ މެންބަރުން ތިބި އަދާލަތު ޕާޓީ، މާލީ ބަޔާން ހުށަނޭޅުމުގެ ސަބަބުން މިދިޔަ ޖުލައި މަހު ބައި ލައްކަ ރުފިޔާއިން ވެސް ޖޫރިމަނާކޮށްފައިވެއެވެ. ހަމަ އެ މަހު އެމްޑީޕީ އާއި އެމްއެންޕީ ވެސް މާލީ ބަޔާން ހުށަނެޅުމުގެ މައްސަލައިގައި ޖޫރިމަނާކޮށްފައިވެއެވެ.
ޕާޓީތަކާ ބެހޭ ޤާނޫނުގެ ދަށުން، ކޮންމެ އަހަރެއް ނިމުމުން ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކުރީ އަހަރުގެ އަހަރީ ރިޕޯޓާ އެކު މާލީ ބަޔާން އީސީއަށް ހުށަހެޅުމަކީ ސިޔާސީ ޕާޓީތަކަށް ލާޒިމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް