ފަރަށް އެރި ދޯނި -- ފޮޓޯ: އެމްއެންޑީއެފް
މާލެއިން ފުރައިގެން ގދ.ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ނަމަކަށް ކިޔާ ބޯޓުގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ކުރީ ރޭ 12:40 ހާއިރު އެވެ.
މި ބޯޓުން ދަތުރުކުރަމުންދިޔަ ހަތަރު ދިވެހީންނާއި، ހަ ބިދޭސީންގެ ތެރެއިން ހަތް މީހަކު ވަަނީ 01:53 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައެވެ. އަދި، ޑިންގީއެއްގައި ގދ. ފެންފުއްޓާއަށް އަރައިތިބި ތިން މީހުން ވެސް 02:10 ހާއިރު ވަނީ ހާބަރކްރާފްޓަށް ނަގާފައެވެ. 'ދެރަހަ' ބޯޓު ފުންކުރުމަށް އެ ބޯޓުގެ ވެރިިފަރާތުން ގެނައި "ސްވިފްޓް" ދޯނި 04:22 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.
'ދެރަހަ' ބޯޓުގެ ވެރިފަރާތާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ދަނީ ބޯޓު ފުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް