ކްރިމިނަލް ކޯޓު -- ފޮޓޯ: ރައީސް އޮފީސް
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އައިމަން އިސްމާޢީލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި މައްސަލއިގަ އައިމަން ހައްޔަރު ކުރީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މި މައްސަލައިގެ ތަޙުޤީޤުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާއިރު، ޝާހިދުގެ ބަންދަށް ވެސް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް