ދެކުނުގެ ރަށެއްގައި ދަރިވަރުންތަކެއް އިންޓަނެޓް މެދުވެރިކޮށް އެހެން ދަރިވަރަކަށް ގަނާކުރި މައްސަލައެއް ބަލަނީ

08 Nov 2026 | 09:29
ސޯޝަލް މީޑިއާ ނެޓް ވޯކްތަކެއް --

ސޯޝަލް މީޑިއާ ނެޓް ވޯކްތަކެއް --

ދަރިވަރުންތަކެއް އިންޓަނެޓު މެދުވެރިކޮށް އެހެން ދަރިވަރަކަށް ގަނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅޫ ދެކުނުގެ އަތޮޅެއްގެ ރަށަކުންނެވެ.

ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް އިންޓަނެޓު މެދުވެރިކޮށް ގަނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މިފަދަ މައްސަލަތަކުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރާނެ އެވެ. ނަމަވެސް ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅުން ހުރި މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ދަރިވަރުން އެހެން ދަރިވަރުންނަށް ގަނާކުރުމާއި، ޚާއްސަކޮށް މީސްމީޑިއާ މެދުވެރިކޮށް އެފަދަ އަމަލުތައް ހިންގުން އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް