މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށް ގެންދާ ފިންލިޓް ފެސްޓް ބަހުސް މުބާރާތުގެ ފައިނަލުގައި ވާދަކުރާނެ ދެ ޓީމު އިއްޔެ ކަނޑައެޅިއްޖެއެވެ.
ހަ ބުރެއް ހިމެނޭ ގޮތަށް ހަތަރު ޓީމެއް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ސީއެޗްއެސްއީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޓީމުތައް ބައިވެރިވެފައިވެއެވެ. ފައިނަލުން ޖާގަ ހޯދީ އަހްމަދިއްޔާ އާއި ސީއެޗްއެސްއީގެ ޓީމެވެ. އިއްޔެގެ ބުރުތަކުގައި ބައިވެރިން ވާހަކަ ދެއްކީ އިގުތިސާދީ އެކި މައުޑޫއުތަކާއި އިޖުތިމާއީ އިގުތިސާދީ މައުޑޫއުތަކަށެވެ.
ފިންލިޓް ފެސްޓް ބަހުސް މުބާރާތަކީ 2025 ވަނަ އަހަރު އެމްއެމްއޭ އިން ފެށި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތް "އެމްއެމްއޭ ފިންލިޓް ފެސްޓް" ގެ ދަށުން ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ. ދަރިވަރުންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން ފެތުރުމާއި، އިގުތިސާދީ މައްސަލަތަކާ މެދު ފުންކޮށް ވިސްނައި ބައިވެރިވުން އިތުރުކުރުމާއި، ވާހަކަ ދެއްކުމުގެ ހުނަރު ކުރިއެރުވުމަކީ މި މުބާރާތުގެ މަގުސަދެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ 10 ނޮވެމްބަރުވާ އަންގާރަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް