ރ. ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ރަށުން ދެ މީހަކު މި މަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރުކޮށްފިއެވެ.
ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަނުގައި އެ ރަށު ގެއެއް ބަލައިފާސްކުރިއެވެ. ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ކަބީލާއާގެ، ހާޖަރާ މާއިސާ އަލީ (26އ) އާއި ރ. ދުވާފަރު / ދަފްތަރު ނަންބަރު 0235، އަބްދުﷲ އަލީ (33އ) އެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މާއިސާ ހަތް ދުވަހަށް އަދި އަބްދުﷲ އަލީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މި ދެ މީހުންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް