ސްޕެއިންގެ އިދިކޮޅު ލީޑަރު އަލްބޭޓޯ ނުނިއޭޒް ފޭއިޚު --
2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މޭޒުބާނުކަން މޯރޯކޯއަށް ލިބިއްޖެނަމަ، މުބާރާތުގެ އިންތިޒާމުތަކުން ސްޕޭން އެއްކޯށް ވަކިވާން ޖެހޭނެ ކަމަށް އެ ޤައުމުގެ އިދިކޅު ލީޑަރު އަލްބޭޓޯ ނުނިއޭޒް ފޭއިޚު ބުނެފިއެވެ.
ކޮންސައވޭޓިވް ޕީޕަލްސް ޕާޓީގެ ލީޑަރު ފޭއިޚު މި ވާހަކަ ދޮއްކީ ސްޕޭނުގެ ފުޓުބޯޅު ޕްރޯގްރާމެއް ކަމަށްވާ އޮލް ޗިރިންގީޓޯގައި ބުރާސްފަތި ދުވަހު ދިން އިންޓަވިއުއެއްގައެވެ. ފޭއިޚު ބުނީ ސްޕޭނަކީ ބޮޑެތި ކުޅިވަރު ހަރަކާތްތައް ރޮވުމުގައި ތަޖުރިބާ ހުރި ޤައުމެއް ކަމަށާއި، ފައިނަލް އެ ޤައުމުގައި ބޮއްވުމަކީ "އިންޞާފުވެރި" އަދި "ދެބަހެއް ނެތް" ނިންމުމެއް ކަމަށެވެ.
މޯރޯކޯއަށް ފައިނަލް ލިބިއްޖެނަމަ ސްޕޭން ވަކިވާންވީތޯ ސީދާ ސުވާލުކުރުމުން ފޭއިޚު ޖަވާބުގައި ބުނީ ވަކިވާން ޖެހޭ ކަމަށެވެ. ނޮވޮންބަރު 29 ގައި ބާއްވާ ޢާންމު އިންތިޚާބަށް ފަހު ބޮޑުވަޒީރު ކަމަށް އާދެވިއްޖެނަމަ މި ސިޔާސަތު ކުރިއަށް ގެންދާނެ ކަމަށް ވޮސް ފޭއިޚު ބުންޏެވެ.
ހުކުރު ދުވަހު އޮކްސްގައި ކުރި ޕޯސްޓެއްގައި ފޭއިޚު ބުނީ ދުނިޔޭގެ އެންމެ ވަރުގަދަ ފުޓުބޯޅު ޤައުމު "ނިކަމޮތިކށްލެވިގެން" ނުވާނެ ކަމަށެވެ.
މޯރޯކގެ ފުޓުބޯޅު ފޮޑޮރޭޝަނުގެ ރައީސް ފައުޒީ ލޮކްޖާ ސޮޕްޓޮންބަރު މަހު ބުނީ ފައިނަލް ބާއްވާނީ މޯރޯކގައި ކަމަށާއި "ބައެއް މީހުންނަށް ކަމުދިޔަސް ނުދިޔަސް" އެކަން ހިނގާނެ ކަމަށެވެ. ނަމަވެސް ފީފާއިން ބުނެފައިވަނީ މި ކަމާ ގުޅޭ ގޮތުން އަދި ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި، އެ ނިންމުން ދާނީ ފަހުގެ ތާރީޚެއްގައި ކަމަށެވެ.
ސްޕޭނުގެ ސަރުކާރާއި ސްޕެނިޝް ފުޓުބޯޅު ފެޑެރޭޝަނުން ވޮސް ކުރިން ވަނީ ފައިނަލް ސްޕޭނުގައި ބާއްވަން ބޭނުންވާ ކަން ހާމަކށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް