އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މަޢުލޫމާތު ދޭ މީހުންނަށް އެމެރިކާއިން 20 މިލިއަން ޑޮލަރު ދެނީ

08 Nov 2026 | 04:15
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މަޢުލޫމާތު ދޭ މީހުންނަށް އެމެރިކާއިން 20 މިލިއަން ޑޮލަރު ދެނީ

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް އަގުބޮޑު އިނާމު ދޭނެކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑު (ސެންޓްކޮމް) އިޢުލާނުކޮށްފިއެވެ.

ސެންޓްކޮމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެ ޕްރޮގްރާމްތަކާއި ގުޅޭ މައުލޫމާތު ދޭ މީހުންނަށް 20 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިނާމު ލިބޭނެ ކަމަށެވެ.

މި އިނާމު ހުށަހަޅަނީ އެމެރިކާ ސަރުކާރުގެ "ރިވޯޑްސް ފޯ ޖަސްޓިސް" ޕްރޮގްރާމުގެ ދަށުންނެވެ. ފައިސާގެ އިނާމުގެ އިތުރުން މަޢުލޫމާތު ދޭ ފަރާތްތައް އެހެން ތަނަކަށް ބަދަލުކޮށްދިނުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސެންޓްކޮމުން ބުނީ ހޯދަން ބޭނުންވާ މަޢުލޫމާތުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ތަންތަނާއި، އާލާތްތަކާއި، އެ ޕްރޮގްރާމާ ގުޅުން ހުރި ފަރާތްތައް، ޚާއްޞަކޮށް ސައިންސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އެ މީހުންގެ ދަތުރުފަތުރާ ބެހޭ ތަފްސީލް ހިމެނޭ ކަމަށެވެ.

މަޢުލޫމާތު ހުށަހެޅުމަށް ރިވޯޑްސް ފޯ ޖަސްޓިސް ވެބްސައިޓުގެ ލިންކެއް ވެސް ސެންޓްކޮމުން ހިއްސާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް