މެންހަޓަން ގްރޭންޑް ހޮޓެލް --
ހުޅުމާލޭގައި އެސްޓީއޯއިން ސިޓީ ހޮޓަލެއް ހިންގުމަށް އިމާރާތްކޮށް، އެކި ސަބަބުތަކާ ހެދި ނުނިމި ގިނަ އަހަރުތަކެއް ވެފައިވާ ނުވަ ބުރީގެ އިމާރާތް "މެންހަޓަން ގްރޭންޑް" ގެ ނަމުގައި ރަސްމީކޮށް ހުޅުވައިފި އެވެ.
ޜޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.
ހުޅުމާލެ ފޭސް 1 ނިމޭ ހިސާބުގައި ވެމްކޯ ކައިރީގައި ތަރައްޤީކޮށްފައިވާ މި ހޮޓެލް ހުޅުވުމުގެ ހަފްލާގައި ހަވާ ވެސް އަރުވާފައިވެއެވެ. މާލެ ސަރަހައްދުގައި މިހާތަނަށް ހުޅުވި ފަސް ތަރީގެ އެންމެ ބޮޑު ހޮޓެލްގެ ގޮތުގައި ފާހަގަކުރެވޭ މެންހަޓަން ގްރޭންޑުގައި 162 ކޮޓަރީގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކާއި ކޮންފަރެންސް ހޯލެއް ހިމެނެއެވެ.
އޭގެ އިތުރުން އައުޓްޑޯ ސުވިމިން ޕޫލަކާއި ސްޕާ އެންޑް ވެލްނަސް ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް ޤާއިމުކޮށްފައިވެއެވެ.
މި ހޮޓެލް ތަރައްޤީކޮށް ހިންގުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ. މިދިޔަ އަހަރުގެ މެއި މަހު އެ ކުންފުންޏާ އިމާރާތް ހަވާލުކުރިއިރު، ހޮޓެލް ހިންގާނީ 50 އިންސައްތަ ބޭރުގެ އިންވެސްޓްމަންޓާ އެކުގައި ކަމަށް އެޗްޑީސީން މިދިޔަ އަހަރު ބުނެފައިވެއެވެ. އެ މަޝްރޫޢަށް ފައިސާ އިންވެސްޓުކުރީ ޔޫއޭއީގެ ޑީޕް ސީފުޑް ކޮމްޕެނީންނެވެ.
އެސްޓީއޯއިން 2008 ވަނަ އަހަރު އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު ސޮއިކޮށް، 2012 ވަނަ އަހަރު ޢިމާރާތްކުރަން ފެށި މި ހޮޓެލް 2013 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ކަނޑައެޅި ނަމަވެސް، އެކި ސަބަބުތަކާ ހެދި މަސައްކަތް ހުއްޓި ވިއްކައިލުމަށް ތަކުރާރުކޮށް އިޢުލާނުކުރިއެވެ. އެ ދުވަސްވަރު ހޮޓެލް ހިންގަން ރޭވިފައި އޮތީ ހިލްޓަންގެ ބްރޭންޑެއް ކަމުގައިވާ ރެޑިސަން ބްލޫގެ ދަށުންނެވެ.
ނުނިމި ދިގުލައިގެން ދިޔަ މި ހޮޓެލް ނިންމައި ހުޅުވުމަކީ މި ސަރުކާރުން އެންމެ އިސްކަންދިން ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް