އެމްއާރުއެމްގެ އިންތިގާލީ ރައީސަކަށް ރައީސް މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސަކަށް، ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ އިންތިހާބުކޮށްފިއެވެ. އެ މަގާމަށް ރައީސް މައުމޫން އިންތިހާބުކޮށްފައިވަނީ އެ ޕާޓީ އުފެއްދުމަށ...

07 Nov 2019 | 20:23

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސަކަށް، ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ އިންތިހާބުކޮށްފިއެވެ.

އެ މަގާމަށް ރައީސް މައުމޫން އިންތިހާބުކޮށްފައިވަނީ އެ ޕާޓީ އުފެއްދުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި އެ ޕާޓީގެ ލޯގޯ އާއި ކުލަ ފާސްކޮށްފައިވެއެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުވެސް ފާސްކޮށްފައިވެއެވެ. މީގެ އިތުރުން ޕާޓީއަށް ކިޔާނެ ދިވެހި ނަމެއްގެ ގޮތުގައި "ދިވެހިންގެ އިސްލާހީ ހަރަކާތް" މި ނަންވެސް ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން ވަގުތީ ގޮތުން އެ ޕާޓީ ހިންގާނެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީ ކައުންސިލަށް 20 މެމްބަރަކު އަދި އިންތިގާލީ އަންހެނުންގެ ކައުންސިލާއި އިންތިގާލީ ޔޫތު ކައުންސިލް އިންތިހާބު ކުރިއެވެ. ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރުމުގައި މިންތީގެ ހަމަހަމަކަމަށް ވަރަށް ބޮޑަށް ބަލާފައިވެއެވެ.

މިރޭ އެމްއާރުއެމްގެ ލޯގޯ އާއި ކުލަވެސް ފާސްކޮށްފައިވާއިރު ފާސްކުރި އެ ލޯގޯއިން ރަމްޒުކޮށްދެނީ ޒުވާނުންގެ ހިތްވަރުންނާއި ރައްޔިތުންގެ އެއްބައިވަންތަކަމާއެކު ގައުމު އިސްލާހުގެ މަގަށް ގެންދިއުން ކަމުގައި އެ ޕާޓީން ބުނެއެވެ. ތިން ލޯގޯއެއް ހުށަހެޅި، މި ލޯގޯ ފާސްކޮށްފައިވަނީ ޖަލްސާގައި ތިބި 156 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް