އަގަށް ހެޔޮ ބަދަލާއެކު އާސަންދަ ލިބޭގޮތަށް ރަނގަޅު ހިދުމަތްތަކެއް ދެމުން ގެންދާނަން: ޓްރީ ޓޮޕް ހޮސްޕިޓަލު

ކުރިމަގުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެވެމުން ދާނެއެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް އަގަށް ހެޔޮ ބަދަލާއެކީގައި އާސަންދަ ލިބޭގޮ...

08 Nov 2018 | 07:09

ކުރިމަގުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެވެމުން ދާނެއެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް އަގަށް ހެޔޮ ބަދަލާއެކީގައި އާސަންދަ ލިބޭގޮތުގެ މަތިން ކުރިއަށް ދާނެކަމުގެ ޔަގީންކަން އަރުވާމުގައި ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

" ކުރިމަގުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެވެމުން ދާނެއެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް އަގަށް ހެޔޮ ބަދަލާއެކީގައި އާސަންދަ ލިބޭގޮތުގެ މަތިން ކުރިއަށް ދާނެކަމުގެ ޔަގީންކަން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ދެމެވެ." ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލް އާއި ރަމްސޭ ސައިމް ޑާބީ ހެލްތް ކެއަރ އާއި ދެމެދު ވެފައިވާ މެނޭޖްމަންޓް އެގްރީމެންޓް ދެ ފަރާތުގެ އެއްބަސްވުމުގެ މަތިން 1 ނޮވެމްބަރު 2018 އިން ފެށިގެން ވަނީ ހުއްޓާލެވިފައިވާކަމަށެވެ. އެހެންކަމަށްވުމާއެކު ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގަމުން ގެންދާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް