މާމެންދޫގައި ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލަދިން މައްސަލައިގާ ދެމީހަކާއި ދެ ކުޑަކުދިން ހައްޔަރުކޮށްފި

ރޭ ގއ މާމެންދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގާ ދެމީހަކާއި ދެ ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ރޭ 22:20 ހާއިރު ގއ. މާމެންދޫގައި މަސައްކަތްކުރާ ބިދޭސީ ...

08 Nov 2015 | 15:16

ރޭ ގއ މާމެންދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގާ ދެމީހަކާއި ދެ ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 22:20 ހާއިރު ގއ. މާމެންދޫގައި މަސައްކަތްކުރާ ބިދޭސީ އަކަށް ޙަމަލާދިން މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ދ މީހަކާއި 18 އަހަރު ފުރިހަމަނުވާ ދެ ކުދިން ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލް ރައީސް އަހުމަދު އަޒީޒް މިއަދު ވިދާޅުވީ ބިދޭސީއަކަށް ހަތަރު މީހަކު ހަމަލާދިނީ ރޭ 10:30 ހާއިރު އެރަށު ފިހާރައެއްގެ ކައިރިން ކަމަށާއި އެ ބިދޭސީ މީހާގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާކަމަށެވެ. އަދި އެމީހާއަށް އެ އަތޮޅު ވިލިނގިލީ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް ރޭގެ ވަގުތެއްގައި މާމެންދޫއަށް ގޮސް މާމެންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއެކު ތަޙުޤީޤު މަސައްކަތް ވަނީ ފަށާފައި ވާކަމަށެވެ.

މި ޙާދިސާ ގައި އަނިޔާ ލިބުނު މީހާ ވިލިނިގިލީ ހޮސްޕިޓަލަށް ގެނެސް މިހާރުވެސް އިތުރު ފަރުވާ ދެމުން އަންނައިރު އޭނާގެ ޙާލު ސީރިއަސް ނޫންކަން ވިލިނގިލީ ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް