ހައްޔަރުކޮށްފައިތިބި ސިފައިންގެ ތިން މީހުންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރު ކޮށްފި

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގާ ހައްޔަރުކޮށްފައި ތިބި ސިފައިންގެ ތިން މީހުންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ. މި މައްސަލައިގާ ސިފައިންގެ އިން ހައްޔަރުކޮށް...

08 Nov 2015 | 09:13

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގާ ހައްޔަރުކޮށްފައި ތިބި ސިފައިންގެ ތިން މީހުންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

މި މައްސަލައިގާ ސިފައިންގެ އިން ހައްޔަރުކޮށްފައިވަނީ  އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް(އީއޯޑީ) ޔުނިޓުގައި އިސްކޮށް ހަރަކާތްތެރިވާ ލެފްޓިނެންޓް ތިހާމްއާއި، ސާޖެންޓު މޫސާ ޒަމީރާއި، މުހައްމަދު ޖަވާޒުގެއެވެ. މި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ތިން މީހުންގެ ބަންދުގެ މުއްދަތު ވެސްވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.

އެމްއެންޑީއެފްގެ މި ތިން މީހުން ހައްޔަރުކޮށް ތަހުގީގު ކުރިއަށްދާއިރު ސިފައިންގެ އެސްޕީޑީގެ އިސްވެރިއަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި ނައިބު ރައީސް އަދީބުގެ ބޮޑީގާޑު އަހުމަދު އާމިރު އާއި ކޯޕްރަލް ޝިބާހު ހުސައިން ވެސް ވަނީ ކަޅުތުއްކަލާ ކޮށީގައި ބޭރަށް ނުދެވޭ ގޮތައް ބަންދު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް