ލަންކާއިން ހައްޔަރުކުރި އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) އާއި ރާއްޖެއިން ލަންކާގެ ސްނައިޕަރު ހައްޔަރުކުރި މައްސަލައިގާ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ހައި ކޮމިޝަނަރު ޒާހިޔާ ޒަރީރު ސްރީލަންކާގެ ފޮރިން އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ލަންކާގެ ދަ ސަންޑޭ ޓައިމްސްގައި ބުނެފައިވަނީ ރައީސް އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ލަންކާގެ ރައްޔިތަކު ހައްޔަރުކުރުމުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައި ވާ ކަމަށެވެ.
ރައީސް އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ލަންކާ ރައްޔިތަކު ހައްޔަރު ކުރިކަން ދިވެހި ފުލުހުން އިއްޔެ ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ފުލުހުން ހާމަ ކުރާގޮތުގައި ރައީސް އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އޮކްޓޫބަރު 24 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ޝްރީލަންކާގެ 27 އަހަރުގެ ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް