މަސްތުވާތަކެތީގެ ސެލޯފިން ކޮޅަކާއެކު މަސްތުގެ ހާލުގައި ތިއްބާ ހަތަރު ކުޑަކުދިން ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއެކު  ކުޑަ ހަތަރު ކުއްޖަކު ކ. މާފުށިން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ...

08 Nov 2015 | 05:42

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއެކު  ކުޑަ ހަތަރު ކުއްޖަކު ކ. މާފުށިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 13 އަހަރާއި 16 އަހަރާ ދެމެދު ކުދިން ކަމަށެވެ.  މި ހަތަރު ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލްކުރަމުންދަނިކޮށް މި ކުދިންގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މި ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ 12:15 ހާއިރު މާފުށީ ފުޓްބޯޅަ ދަނޑު ސްޓޭޖް މަތިން ކަމަށްވެސް ފުލުހުން ބުނެ އެވެ.

"މި ހަތަރު ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެކުދިންނާއި އެކުދިން އެވަގުތު ތިބި ތަން ބަލައިފާސްކުރިއިރު އެކުދިން ތިބި ޖޯލިފަތި ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައި، އަދި މިކުދިންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައި" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތަރު ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ގޭބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.

މިމައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް