ތޫނު އެއްޗަކުން ހަމަލާދީ ގއ މާމެންދޫގައި ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް އަހުމަދު އަޒީޒު ވިދާޅުވީ މިކަން ހިނގާފައިވަނީ ރޭ 10:00 އާއި 10:30 އާއި ދެމެދުގެ ވަގުތެއްގައި އެ ބިދޭސީ މީހާ "އޮޑެލް" ނަމަކަށް ކިޔާ ފިހާރައެއްގެ ކުރިމަތީ ޖޯލިފައްޗެއްގައި އޮށޯވެގެން އޮއްވައި އެތަނަށް އައި ހަތަރު މީހުންގެ ގްރޫޕަކުން ކަމަށެވެ.
"ތިން ތަނަކަށް ހަމަލާ ދީފައި ހުރި، ބައެއް ޒަހަމްތައް ވަރަށް ފުން ކަމަށްވެސް މައުލޫމާތު ލިބޭ، ގެންދިޔައީ ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް، މިހާރު ޒަހަމްތައް ފަހާފައި ވާކަމަށް މައުލޫމާތު ލިބެނީ" ކައުންސިލް ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް