އެމްއެމްޕީއާރުސީގެ އެމްޑީ އަބުދުﷲ ޒިޔަތުގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް އިތުރުކޮށްފިއެވެ.
ޒިޔަތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް 15 ދުވަހަށް ބަންދު ކުރުމުން އެ މުއްދަތު އިއްޔެއަށް ހަމަވެފައިވާތީއެވެ.
ޒިޔަތުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިއްޔެ ވެސް އިތުރުކޮށްފައިވަނީ އޭނާ ދޫނިދޫގައި ބަހައްޓައިގެންނެވެ.
ޒިޔަތު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާތީ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސްވަނީ އެކަމަށް ތާއީދުކޮށްފައެވެ.
ޒިޔަތު ހައްޔަރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް