މާލެ އޭރިއާގެ 130 ފުލުހަކަށް ކުލައާއި 86 ފުލުހަކަށް މެޑަލް ހަވާލުކޮށްފި

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިއަދު އިސްކަންދަރު ބިލްޑިންގގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އ...

08 Oct 2026 | 16:11
N/A

N/A

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިއަދު އިސްކަންދަރު ބިލްޑިންގގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދެވެ. ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މާލެ އޭރިއާގައި މަސައްކަތްކުރާ 130 ފުލުހަކަށް ކުލައާއި 86 ފުލުހަކަށް މެޑަލް ހަވާލުކޮށްފައިވެއެވެ. އޭގެ އިތުރުން އަތޮޅުތެރޭގައި މަސައްކަތްކުރާ 40 ފުލުހަކަށް ކުލައާއި 49 ފުލުހަކަށް މެޑަލް ހަވާލުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ދެއްކެވި ވާހަކަފުޅުގައި ކުލައާއި މެޑަލް ލިބުނު ފުލުހުންނަށް މަރުހަބާ ދެންނެވިއެވެ. އަދި އިޚުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް