ގިނަ އަދަދަކަށް ވެލި ހުރުމުން އެކްސިޑެންޓް ފަދަ ކަންކަން ކުރިމަތިވާކަމަށްބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހިއްސާކޮށްފައިވާއިރު އެއިން ޕޯސްޓަކުން ނަގާފައިވ ފޮޓޯތަކެއް - ފޭސްބުކް ފޮޓޯ: ޖައިލަމް
މާލޭގެ ބައެއް މަގުތަކަށް ގާތަކުގެ މައްޗަށް ދޮންވެލި އަޅަނީ ގާތަށް
ކޮމްޕެކްޓް ކުރުމުގެ ބޭނުމުގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިހެން ބުނެފައިވަނީ ކައުންސިލް މުވައްޒަފުން މަޖީދީ މަގަށް
ކޮންމެ ދުވަހަކު ވެލި އަޅަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
ޖަވާބުގައި އެ ކައުންސިލުން ބުނެފައިވަނީ ބަސް އަދި ހެވީ ވެހިކަލް ދުއްވާއިރު
އަދި ވިއްސާރަވީމާ ގާތައް ދުރުވެ މަގުގައި އަޑިގުޑަން އުފެދޭ ކަމަށާއި ގާތައް ދޭތެރެއަށް
ވެލި އެޅުމުން ގާތަކުގެ ދޭތެރޭގެ ޖާގަ ފުރި ގާތައް ލެވެލްވެ ވެހިކަލް ދުއްވާއިރު
ވެހިކަލް ތެޅުން ކުޑަވާކަމަށެވެ.
މާލޭގައި އަބަދުވެސް މަގުމަތީ ގާ އަތުރާ މަރާމާތުކުރުމަށްފަހުވެސް ވެލިއަޅާކަން
އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް