2021 ވަނަ އަހަރު ނެގި ސުކޫކުގެ އޮކްޓޯބަރު ކޫޕަން ޕޭމަންޓަށް ވާ 24.6 މިލިއަން ޑޮލަރު ދައްކައިފި

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރ 2025 ގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ފިނޭންސް މިނިސްޓްރީން ދައްކައިފިއެވެ. މި ސުކޫ...

08 Oct 2025 | 09:38
މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ -

މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ -

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި

500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރ 2025 ގެ ކޫޕަން ފައިސާގެ

ގޮތުގައި 24.6 މިލިއަން

އެމެރިކާ ޑޮލަރު ފިނޭންސް މިނިސްޓްރީން ދައްކައިފިއެވެ.

މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ

ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުއެވެ. މި ސުކޫކުގެ މުއްދަތު

ހަމަވާނީ އޭޕްރިލް 2026 ގައެވެ.

ދިވެހި ސަރުކާރުން ތާވަލާ އެއްގޮތަށް ސުކޫކު

އަނބުރާ ފައިސާ ދެއްކުމަށް، އެންމެފަހުގެ ކޫޕަން ފައިސާ ގޮތުގައި 25 މިލިއަން

އެމެރިކާ ޑޮލަރާއި، މުޅި އަދަދުކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އޭޕްރިލް

2026 ގައި މުއްދަތު ހަމަވާއިރު ދައްކައި ނިންމާނެ ކަމަށް ފިންނޭންސް މިނިސްޓްރީން

ހާމަކުރެއެވެ.

މިހާތަނަށްވެސް ފިނޭންސް މިންސްޓްރީން ވަނީ

2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނެގި ސޫކޫކަށް ދައްކަންޖެހޭ ކޫޕަން

ޕޭމަންޓުތައް ގަވާއިދުން ދައްކާފައެވެ.

ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް

އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިހިނގާ

އޮކްޓޯބަރ މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން

ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި،

ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ

މަސައްކަތެވެ.

ޒިންމާދާރު ގޮތެއްގައި ދަރަނި

މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު

ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ

ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް

އަޅަމުންގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް