ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗު މާލެ އަތުވެއްޖެ

ޤައުމީ އަންހެން ފުޓުބޯޅަ ޓީމަށް ހަމަޖެއްސި ޖަޕާނުގެ ކޯޗު މާލެ އަތުވެއްޖެ އެވެ. މިއީ ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމަށް ބިދޭސީ ކޯޗެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. އެފްއޭއެމްގެ އެފްއޭއެމްގެ އަންހެނުންގެ...

08 Oct 2014 | 10:14

ޤައުމީ އަންހެން ފުޓުބޯޅަ ޓީމަށް ހަމަޖެއްސި ޖަޕާނުގެ ކޯޗު މާލެ އަތުވެއްޖެ އެވެ.

މިއީ ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމަށް ބިދޭސީ ކޯޗެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އެފްއޭއެމްގެ އެފްއޭއެމްގެ އަންހެނުންގެ ފުޓުބޯޅައާ ބެހޭ ޑިޕާޓްމަންޓުގެ ހެޑް މަރިޔަމް މުހައްމަދު (މާޔަން) ވިދާޅުވި މިއީ ވަރަށް ތާރީޚީ ކަމެއްކަމަށާއި ކޯޗުގެ ސަބަބުން ޓީމު އިތުރަށް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެފްއޭއެމުން ބުނީ ޖަޕާނުގެ އާ ކޯޗުގެ މަޝްވަރާގެ މަތިން އަންހެނުންގެ ފުޓުބޯޅަ ތަރައްގީ ކުރުމަށް އިތުރު ކަންތައްތައް ރޭވިފައިވާ ކަމަށެވެ.

އަންހެން ފުޓުބޯޅަ ޓީމަށް ހަމަޖެއްސި ޖަޕާނުގެ ނައޯކޯ ކަވަމޯޓޯ އަކީ ޖަޕާނުގައި މަތީ ފަންތީގެ މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި އޭއެފްސީ އޭ ލައިންސް އޮތް މި ކޯޗު ވަނީ 2002 ވަނަ އަހަރުން ފެށިގެން ތަފާތު ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ޓީމުތައް ވެސް ހިމެނެ އެވެ.

އާ ކޯޗާއި އެކު ޤައުމީ ޓީމްގެ ފަރިތަކުރުންތައް ފަށަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް