އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް -
އުރީދޫ
މޯލްޑިވްސް އިން ރާއްޖޭގައި ފޯރުކޮށްދެމުން އަންނަ އިންޓަނެޓު ޚިދުމަތުގައި
އެއްވެސް މައްސަލައެއް ނޫޅޭ ކަމުގައި އެ ކުންފުނީގެ ސީސީއޯ ހުސައިން ނިޔާޒް
ވިދާޅުވެއްޖެއެވެ.
ނިޔާޒް
މިހެން ވިދާޅުވީ ވޮއިސް ނޫހުގެ އެޑިޓަރ އިން ޗީފް، ޝަފްރާޒް އަހްމަދު އެކްސްގައި
ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަފްރާޒްގެ
ސުވާލުގައި އަހާފައިވަނީ ރަތްކަނޑުގައި އަޅާފައިވާ ސަބްމެރިން ކޭބަލެއް ބުރިވުމުގެ
ހާދިސާއެއް ހިނގާފައިވާއިރު އެކަމުގެ ސަބަބުން ރާއްޖޭގެ އިންޓަނެޓަށް އަސަރެއް
ކޮށްފާނެތޯ؟ އެވެ. އެކްސްގައި ޝަފްރާޒް ކޮށްފައިވާ އެ ސުވާލުގައި އުރީދޫ
މޯލްޑިވްސް އަދި ދިރާގު ޓެގްކޮށްފައިވެއެވެ.
އެ
ސުވާލަށް ޖަވާބުދެއްވަމުން ނިޔާޒް ވިދާޅުވެފައިވަނީ އުރީދޫއިން ދެމުން އަންނަ
އިންޓަރނެޓްގެ ޚިދުމަތަށް އެއްވެސް މައްސަލައެއްދ ދިމާނުވާކަމަށެވެ. އުރީދޫއިން
އަޅާފައިވާ ސަބްމެރި ކޭބަލްތައް ހުންނާނީ މިފަދަ ހާލަތްތަކަށް ރިއާޔަތްކޮށް
ރިޑަންޑަންސީ ކުޑަވާނެހެން ސިންގަޕޫރު ފަދަ އަލްޓަނޭޓިވް ރޫޓްސް ތަކާ ގުޅާލެވިފައިކަމުގައިވެސް
ނިޔާޒް ފާހަގަކުރެއްވިއެވެ.
ރަތްކަނޑުގައި
އަޅާފައިވާ ފައިބަރ ސަބްމެރިން ކޭބަލް ބުރިވުމުގެ ހާދިސާގައި އެންމެ ބޮޑު އަސަރެއް
އެކަމުން ކޮށްފައިވަނީ މެދުއިރުމަތީގެ ޤައުމުތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް