10 އަހަރަށްފަހު މަހްލޫފް އެމްޑީޕީ އާ ދުރަށް

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެމްޑީޕީއިން ވަކިވެވަޑައިގެންފިއެވެ. އެމްޑީޕީން ވަކިކޮށްދެއްވުން އެދި ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލަށް މަހްލޫފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 2015...

08 Sep 2025 | 10:31
އަހްމަދު މަހްލޫފް -

އަހްމަދު މަހްލޫފް -

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެމްޑީޕީއިން ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީން ވަކިކޮށްދެއްވުން އެދި ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލަށް މަހްލޫފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ޕާޓީއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުނީ އުފާ ކުރާ ކަމަށާއި ޚާއްޞަކޮށް ރައީސް ސޯލިހްގެ ކެބިނެޓުގައި ހިމެނުނީތީ ޝުކުރު އަދާކޮށް އުފާކުރާ ކަމަށެވެ.

މަހްލޫފްގެ އިސްތިއުފާގެ ސިޓީގައި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އަޑު ފެތުރިފައިވާގޮތުން މަހްލޫފް އެމްޑީޕީ ދޫކޮށްލެއްވީ ދަޢުލަތުގެ މަޤާމަކަށް ވަޑައިގަތުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް