ނައުޝަމް ނެގި ފޮޓޯ އަދި ނައުޝަމް އެ ފޮޓޯ ނެގި ވަގުތު - ފޮޓޯ: ނައުޝަމް ފޭސްބުކް ޕްރޮފައިލް
ރޭގައި ހިފި ހަނދުކޭތައިގެ ފޮޓޯއަކަށް ބޮޑު މަގުބޫލުކަމެއް
ލިބިގެންގޮސްފިއެވެ.
މި މަގުބޫލުކަން ލިބިގެންގޮސްފައިވަނީ ދިވެހި
ފޮޓޯގްރާފަރު ނައުޝަމް ވަހީދު ނެގި ކޭތަ ހަނދު ފޮޓޯއަށެވެ.
ރޭގައި ނައުޝަމް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި
ދޫކޮށްލި މި ފޮޓޯއަށް އެންމެ ހައެއްކަ ގަޑިއިރެއްހާއިރު ތެރޭގައި ބައި މިލިޔަނެއްހާ
ވިއުސް ލިބިފައިވާކަމަށް ދައްކައެވެ. ބޭރުގެ ބައެއް ފަރާތްތަކުންވެސް މި ފޮޓޯ ޝެއަރ ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ޒުވާން ފޮޓޯގްރާފަރު ނައުޝަމް އަންނަނީ މިފަދަ އެތައް
ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ހިއްސާކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް